ޚަބަރު

ކޮވިޑް19: ބަލިމަޑުކަމުން ސަލާމަތް ވުމުގެ ގޮތުން ތަކްބީރު ކިޔަމުން ހިނގުމަކީ ޘާބިތު ކަމެއް ނޫން: ޑރ.އިޔާޟް

ދެން އެމްވީ ، ދެން އޮންލައިން

ބަލިމަޑުކަމުން ސަލާމަަތްވުމުގެ ގޮތުން ބައެއް ރަށްތަކުގައި ތަކްބީރު ކިޔަމުން ހިނގާ ކަމަަށާއި އެއީ ސުންނަތުން ސާބިތުކަމެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ.އިޔާޟް މިހެން ވިދާޅުވެފައި މިވަނީ ބަލިމަޑުކަމުން ސަލާމަތްވުމުގެ ގޮތުން ކ.ހުރާގެ ރައްޔިތުންތަކެއް ތަކްބީރު ކިޔަމުން ރަށުގެ އެކި މަގުތަކުގައި ހިނގާ ވީޑިއޯއެއް ފޭސްބުކްގައި އާންމުވެފައިވާ ދަނޑިވަޅެއްގައި ، އިއްޔެ ކުރެއްްވި ޓުވީޓެއްގައެވެ.

ޑރ.އިޔާޟް ވިދާޅުވީ ބަލިމަޑުކަމުން ސަލާމަތްވާން ކަމަށްބުނެ ބައެއް ރަށްތަކުގައި ތަކްބީރުކިޔަމުން ހިނގާ ހެދުމާއި ދުން އެޅުންފަދަ ކަންކަން ކުރާކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަކީ (ދީނީގޮތުން) ސާބިތުކަންކަން ނޫން ކަމަށާއި އެފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ ކަމަށް ޑރ.އިޔާޟް ނަސޭޙަތްތެރިވިއެވެ.

ޝައިޚް ވިދާޅުވީ ބަލިމަޑުކަމުން ރައްކާތެެރިވުމަށް ކުރަން އޮތްކަމަކީ ގިނަގިނައިން ޤުރުއާން ކިޔަވާ ޒިކުރުކުރުން ކަމަަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!