Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް19: ރަސްދޫއަށް ފަތުރުވެރިން ގެންދިޔުން ހުއްޓާލަން ކައުންސިލާއި ވިޔަފާރިވެރިންގެ އެއްބަސްވުމެއް

ދުނިޔޭގައި ހަލުއިކޮށް ފެތުރެމުންދާ އަދި ދިވެހިރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާ ވައިރަހުން ރައްކާތެެރިވުމުގެ ގޮތުން އއ.ރަސްދޫ އަށް ފަތުރުވެރިން ގެންދިޔުން ވަގުތީ ގޮތުން ހުއްޓާލުމަށް އެރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރައްވާ ފަރާތްތަކާއި ރަށު ކައުންސިލާއި ދެމެދު އެއްބަސްވެ އެގޮތަށް އަމަލު ކުރަން ފަށައިފިއެވެ.

މި ނިންމުން ހާމަކުރަމުން ރަސްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާގެ މަތިން ރަށަށް އިތުރަށް ފަތުރުވެރިން ނުގެނައުމަށް ނިންމާފައިވާ ކަމުގައެވެ.

ރަސްދޫއަށް ފަތުރުވެރިން ގެންދިޔުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ.

Advertisement
Ooredoo — Square (box)

ކޮރޯނާ ވައިރަހަށް ފައްސި މީހުން ރާއްޖެއިން ވެސް އިތުރުވާތީ ގިނަ ރަށްރަށަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންނެވެ. ކޮރޯނާ ވައިރަހަށް ފައްސި 13 މީހަކު މިހާތަނަށް ދިވެހިރާއްޖެއިން ފެނިފައިވެއެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް