ޚަބަރު

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ހަރުދަނާ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ތައުރީފްކުރައްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު، ނަޝީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅޭ ކަމާބެހޭ ފަރާތްތަކާ އެކު، ރައްޔިތުންގެ މަޖިލިހުގައި ވަނީ ބައްދަލުވުމެއް ބާއްވައިފައި ކަމަށާއި އެ ބައްދަލުވުމުގައި އެ ބަލި ފެތުރޭ އެޕިޑޮމޮލޮޖިކަލް އެސެސްމަންޓެއް އެކުލަވާލެވިފައިވާ ކަމަށެވެ. އަދި އެފަދަ ސާވޭ އަކާއެކު ސަރުކާރުގަ މަސައްކަތްތައް ކަނޑައެޅެމުންދާ ދިއުމާ ގުޅޭ ގޮތުން މަޖިލީހުގެ ކަންކަން ހިނގަމުންދާ ގޮތް ބަލައި ދެނެގެފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ އިގްތިސާދަށް ކުރާ އަސަރު ކުޑަކޮށް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށާއި މިކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ހަރުދަނާ ކަމަށެވެ.

"ސަރުކާރުން މިހާރު ގެންނަމުންދާ ކޮންޓްރޯލްތަކަކީ ސަރުކާރުން އަންދާޒާކޮށްފައިވާ މިންވަރަކަށް މިކަން ދާނެ ކަމަށް ދެކިގެން އެކަމަށް ތައްޔާރުވެ ތިބެގެން ގެންނަމުންދާ ކޮންޓްރޯލްތަކެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ވަރަށް ހަރުކަށި ކޮންޓްރޯލް ގެނެސްފި ނަމަ، ބަލި ކުއްލިއަކަށް ފެތުރިގެންދާ މިންވަރު ދަށް ކުރެވިދާނެ ކަމަށާއި ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދު ދިގު މުއްދަތަކަށް ހަމަ ފެތުރިގެންދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!