ޚަބަރު

ފެނަކައިން ދުވަހުގެ މަސައްކަތް ދެން ފަށާނީ ގުރުއާނުގެ ބަރަކާތުން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ދުވަހުގެ މަސައްކަތް ކީރިތި ގުރުއާނުގެ ބަރަކާތުން ފެށުމަށް އެކުންފުނިން ނިންމައިފި އެވެ.

އެކުންފުނިން ކޮވިޑް-19ގެ ނުރައްކަލުން ދިވެހި ރައްޔިތުންނާއި އަދި ވަކިން ހާއްސަކޮށް ފެނައި ކޯޕަރޭޝަންގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މާދަމާއިން ފެށިގެން އެ ކުންފުނީގެ ދުވަހެއްގެ މަސައްކަތް ކީރިތި ގުރުއާނުގެ ބަރަކާތުން ފެށުމަށާއި އަދި ބަލިމަޑުކަމުން ދިންނެވުމަށް އެދި ކުރާ ދުއާއަކުން މަސައްކަތް ފެށުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނިންމަވާފައިވާ ކަމަށެވެ.

އަދި މިވަގުތު ފެނަކައިގެ މާބަނޑު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ވައިރަސް އާ ގުޅިގެން ރާއްޖެއިން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މިވަގުތު މި ބަލި ޖެހިފައިވާ 9 މީހަކު ރާއްޖޭގައި އެބަ ތިއްބެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!