މާފުށި ވޯޓާސްޕޯޓްސްއާ ދިމާލަށް ގެނބުނު ފަތުރުވެރިއަކު މަރުވެއްޖެ
ކ. މާފުށި އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާ ދިމާ މޫދަށް ގެނބުނު މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, އެ ދިމާ ނެރުމައްޗަށް މީހަކު ގެނބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ.
އޭނާ މަރުވެފައިވަނީ މާފުށީ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ކަމަށް ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަދިވެސް އަންނަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާނުކުރެއެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ މާފުށީގައި ޗުއްޓީ އަދާކުރަމުން ދިޔަ ފަތުރުވެރިއެކެވެ.
Ads by Allied Insurance