ޚަބަރު

ކޮވިޑް-19: ޑައިރެކްޓު ކޮންޓެކްޓުވި ދިވެހި މީހާ ވައިރަހަށް ނައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް އަނަންތަރާ ދިގުއިން ފައްސިވި ދެ މީހުންގެ ތެރެއިން އެކަކާ ޑައިރެކްޓު ކޮންޓެކްޓުވި ދިވެހި މީހާ އެ ވައިރަހަށް ނައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވުނު ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޮވިޑް-19އަށް ނައްސިވެފައިވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ޑައިރެކްޓް ކޮންޓެކްޓްވި މީހާ ހުރީ އަނަންތަރާ ދިގު ރިސޯޓަކު ނޫން ކަމަށާއި ކޮންޓެކްޓް ޓްރޭސިންއިން އޭނާ ފާހަގަކުރެވުނުއިރު އޭނާ ހުރީ ހުޅުމާލޭގައި ކަމަށެވެ.

އެއާއެކު އޭނާ ވަނީ ވަގުތުން ފަރުކޮޅުފުއްޓަށް ބަދަލުކޮށް އެހަކަހެރި ކުރެވިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް އަށް 13 މީހަކު ވަނީ ފައްސިވެފައެވެ. މިއެންމެންނަކީވެސް ބިދޭސީންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!