Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިމަޖެންސީ ހެލިކޮޕްޓަރުގެ ހިދުމަތަށް ގާނޫނީ ލަފާދޭނެ ބަޔަކު ހޯދަނީ

އިމަޖެންސީ ހެލިކޮޕްޓަރުގެ ހިދުމަތަށް ގާނޫނީ ލަފާދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގައި އިމަޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމާ ގުޅޭ ކަންކަމަށް ލީގަލް ކޮންސަލްޓަންޓަކު ހޯދަން ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ރާއްޖޭގައި އެއާ އެމްބިއުލާންސުގެ ހިދުމަތް މުޅިން އަލަށް އިއްޔެ ވަނީ ފަށާފައެވެ. ފުރަތަމަ ބަލީ މީހާ ރޭ ދަންވަރު ކުޅުދުއްފުށިން މާލެ ވަނީ ގެނެސްފައެވެ.

ސަރުކާރުގެ <a href="https://www.gazette.gov.mv/iulaan/280805">ގެޒެޓްގައި</a> އިނގިރޭސިބަހުން އާއްމުކުރި އިއުލާނެއްގައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މުއްދަތަ ހަމާވާނީ މި މަހުގެ 13 ވަނަ ދުވަހަށެވެ.

Advertisement
Ooredoo — Truecaller (box)

އިއުލާނުގައިވާ ގޮތުން ލީގަލް ކޮންސަލްޓަންކު ހޮވުމުގައި ބަލާނީ ތަޖުރިބާ އާއި ގާބިލު ކަމަށް 75 ޕަސެންޓް އަދި ކޮންސަލްޓަންޓަކު ހޮވުމުގައި ހުށަހަޅާ އަގަށް 25 ޕަސެންޓް މާކްސްއަށެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރަމުން ގޮސްފައިވަނީ އިންޑިއާގެ ސިފައިންނެވެ. އިންޑިއާއިން އިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަމުން ދަނީ އައްޑު އާއި އުތުރުން ހަނިމާދޫގަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް