ސަންޖީވާނީގެ އެކްޓަރު ގޯރަވްގެ މައިންބަފައިން ގާތްގާތުގައި މަރުވެއްޖެ

ސްޓާޕްލަސް އިން ގެނެސްދޭ ޑްރާމާ ސިލްސިލާ ސަންޖީވާނީ-2 ގެ އެކްޓަރު ގޯރަވް ޗޯޕްޅާގެ މައިންބަފައިން ގާތް ގާތުގައި މަރުވެއްޖެއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި މީގެ ތިން އަހަރު ކުރިންސުރެ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ގޯރަވްގެ މަންމަ މަރުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ކޮވިޑަށް ފައްސިވުމާއެކު މަރުވިއިރު އޭނާ ގެންދިޔައީ ނިއުދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުންނެވެ.
ގޯރަވްގެ ބައްޕަ މަރުވީ މަންމަ މަރުވިތާ 10 ދުވަސް ފަހުންނެވެ، މަރުވިއިރު ބައްޕަ ވެސް ގެންދިޔައީ ކޮވިޑަށް ފައްސިވެ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.
ބައްޕަގެ މަރާއެކު ގޯރަވް ވަނީ އޭނާގެ އިހްސާސްތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލާފައެވެ. އެގޮތުން މީސްމީޑިއާއަށް ގޯރަވް ދޫކޮށްލާފައިވާ ދިގު މެސެޖުގައި ބައްޕަދެކެ ވާ ލޯތްބާއި ބައްޕައާއި މެދު ފަޚުރުވެރިވާ މިންވަރު އޭނާ ހާމަކޮށްދީފައިވެއެވެ.