ދުނިޔެ

އަމިއްލަ ފުރާނަ ގުރުބާން ކޮށްލީ އަނެކުން ސަލާމަތް ކުރުމުގައި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހާއެކު ސިއްހީ ހިދުމަތްތެރިންނަށް ކުރާ ތައުރީފް މިވަނީ އިތުރުވެފައެވެ. އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އިންސާނީ ހިދުމަތުގައި ކުރާ މަސައްކަތް ގިނަ ބަޔަކު އަންނަނީ ބަލައިގަނެ އެ ފަރާތްތަކަށް ހައްގު އިހްތިރާމާއި ލޯބި ދެމުންނެވެ. މިއީ ވެސް އެ ފަދައިން އަނެކާގެ ހިދުމަތުގައި ފުރާނަ ގުރުބާންކޮށްލި މީހެއްގެ ވާހަކައެވެ.

Ads by Sosun Fihaara

އިޓަލީގެ ރައްޔިތެއް ކަަމަށްވާ އުމުރުން 47 އަހަރުގެ ޑިއެގޯ ބިނެކޯ ވަނީ ކޮރޯނާ ވައިރަހުގެ ބަލި މީހުނަށް ހިދުމަތް ދެމުން ދަނިކޮށް މި ދުނިޔެ ދޫކޮށްފައެވެ. ޑިއެގޯ އަކީ ދެކުނު އިޓަލީގެ ހޮސްޕިޓަލެއްގެ އެންބިއުލޭންސްގައި މަސައްކަތް ކުރާ ޕެރެމެޑިކްއެކެވެ. އިޓަލީގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޑިއެގޯ މަރުވެފައިވަނީ ކޮވިޑް19ގެ ބަލީގައި އޭނާގެ ގޭގައި އޮއްވައެވެ.

ކޮރޯނާ ވައިރަސް ޖެހިގެން މަރުވި ޑިއެގޯ

އޭނާގެ ބައެެއް ސީނިއަރ މީހުން ބުނި ގޮތުގައި ޑިއެގޯ އަކީ އަބަދުވެސް މަސައްކަތަށް ވަރަށް ފަރުވާތެރި އަދި ސަލާމަތީ ހުރިހާ ފިޔަވަޅުތަކަށް ބޯލަނބައިގެން މަސައްކަތް ކުރި މުވައްޒަފެކެެވެ. އަދި ބަލި ޖެހުމުުގެ ކުރިން ޑިއެގޯއަކީ ސިއްހީ އެއްވެސް މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. ޑިއެގޯ އަށް ކޮރޯނާ ވައިރަސް ޖެހުނުކަން އެނގުމާއެކު އޭނާ އުޅުނު ހުރިހާ އެންބިއުލާންސް ތަކެއް ވަނީ ޑިސްއިންފެކްޓްކޮށް ކައިރީގައި މަސައްކަތްކުރި މީހުން ވަނީ އެކަހެރިކޮށްފައެވެ.

ޑިއެގޯ ފަދަ ސިއްހީ ހިދުމަތް ދޭ 700 މީހުން އިޓަލީގައި ވަނީ ކޮރޯނާ ވައިރަސް ޖެހިގެން މަރުވެފައެވެ. ޗައިނާއިން ފުރަތަަމަ ފެނިިގެން އައި ކޮރޯނާ ވައިރަސް ދެވަނައަށް އެންމެ ގަދައަށް ފެތުރުނު ގައުމަކީ އިޓަލީއެވެ. އިޓަލީއިން ޖުމްލަ 27,980 މީހުނަށް ބަލި ޖެހިފައިވާއިރު 2,158 މީހުންވަނީ މަރުވެފައެވެ. އަދި މި އަދަދުތައް އަންނަނީ ކޮންޓްރޯލް ނުވެ އިތުރުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!