މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނަގަން ފަށައިފި

މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ އިއްޔެއިން ފެށިގެން ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިހާތަނަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ޕެލެޓެއް ކަމެއް އަދި ސާފެއް ނުވެއެވެ.
ޕެލެޓްތައް ނެގުމުގެ މަސައްކަތް ފަށާފައިވަނީ މާލޭ މަގުމަތީގައި ހިނގާބިނގާވެ އުޅޭ އާއްމުންނަށް ދަތިވާފަދަ ގޮތްގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތަކުގެ ސަބަބުން އާންމު ރައްޔިތުން ކަންބޮޑުވުންފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެކަމުގެ ސަބަބުން ވެހިކަލްތައް ޕާކު ކުރުމަށް ވަރަށް ބޮޑު ދަތިވާ ކަމުގެ ޝަކުވާ މީހުންކުރެއެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޕެލެޓްތައް ނެގުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިވެއެވެ.