ޚަބަރު

ކެމްޕޭން ބެނާ ހަރުކުރަން ޖަހާ ހޮޅިތައް ނަގަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީސް އިންތިހާބާ ދިމާކޮށް މާލޭ މަގުމަތީގަ އިޝްތިހާރު ބެނާ, ކޭމްޕޭން ޕޯސްޓަރ ހަރުކުރުމަށް ޖަހާ ހޮޅިތައް ނަގަމުންދާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

Ads by STELCO

މާލެ ސިޓީ ކައުންސިލުން ބުނީ، "އިޝްތިހާރު ބެނާ ، ކޭމްޕޭން ޕޯސްޓާ ހަރުކުރުމަށް މަގުމަތީ ޕޭވްްމަންޓަށް ހޮޅިޖެހުމަކީ މަނާ ކަމެއް، މިގޮތަށް ޖަހާ ހޮޅިތައް ކައުންސިލުން ނަގަމުންދާނެ ވާހަކަ ދަންނަވަން" ކަމަށެވެ.

މަގުމަތީ ޕޭވްމެންޓުގައި ހޮޅިޖެހުމަކީ މަނާ ކަމެކެވެ. އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވާ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ކެމްޕޭން ކުރުމަށް މާލެ ސަރަހައްދުތަކުގެ މިކަން އާންމުވެފައި ވާތީ ކައުންސިލުން މިހާރު ދަނީ އެ ހޮޅިތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ކެމްޕޭން ބެނާތައް ދެމުމަށް ޕޭވްމެންޓުގައި ހޮޅިޖެހުން އާންމުވެފައިވުމާއި ގުޅިގެން  ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އާއްމުންނަށް ހިދުމަތް ދޭން އަޅާފައިވާ ނެޓްވޯކް ތަކަށް ގެއްލުން ނުދިނުމަށް އިލްތިމާސްކޮށް، ކުރިއަށް އޮތް ތަނުގައިވެސް ކެންވަސްއާއި ބެނާ ހަރުކުރުމުގައި އިތުރަށް ސަމާލުވެ، އެ ކޯޕަރޭޝަންގެ ހުއްދައާއި ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންކަން ކުރުމަށް އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!