ޚަބަރު

މަގުތަކަށް ކުނި އަޅައިގެން އިތުރު 8 މީހަކު ޖޫރިމަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ ބެހެއްޓުމުގެ ސަބަބުން އިތުުރު 8 މީހަކު ޖޫރިމަނާކޮށްފިއެވެ.

Ads by MWSC

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ކުނި އެޅުން މަނާ ސަރަޙައްދުތަކަށް ކުނި އަޅައިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. ޖޫރިމަނާކުރަނީ ކޮންމެ މިީހަކު 500 ރުފިޔާއިންނެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، ގެތައް ސާފުކުރުމަށްފަހު މާލޭގެ އެކި މަގުތަކަށް ކުނި ނެރެ އުކާނުލާ ބެހެއްޓުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ދުއްވާ އުޅަނދުތަކަށާއި، މަގު ބޭނުންކުރާ ފަރާތްތަކަށްވެސް ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.

މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ރޭ ވަނީ 350 ކިލޯގެ 14 ޕިކަޕު, 1.5 ޓަނުގެ 7 ޕިކަޕު, 2 ޓަނުގެ 3 ޕިކަޕު, 3 ޓަނުގެ 3 ޕިކަޕުގެ ކުނި ނަގާފައެވެ.

މާލޭގެ މަގުތަކުން ކުނި ނަގާވަރަކަށް ކުނި އަޅަމުންދާކަން ސިޓީ ކައުންސިލުން ފާހަގަކުރައްވައެވެ. މަގުތަކުގައި ކުނި ބަހައްޓަމުންދާތީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންނާއި ދިވެހި ފުލުހުންގެ ހިދުމަތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!