ނަރީޝަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ކެމްޕޭނުގައި އުޅުއްވަނިކޮށް މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ނަރީޝަށް ހަމަލާދީފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ދީދީގެ ކެމްޕެއިނަށް ގއ. މާމެންދުއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
މީޑީއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ނަރީޝަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާގެ ވަނަވަރެއް ފުލުހުންނެއް ނުދެއެވެ.
މި ނޫހާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ އެ ރަށު ބަނދަރަށް ފޭބިތަނުން މީހަކު އައިސް ގޮށްމުށް ކަވާފައި ބުރަކަށްޓަށް ދެ ފަރަހަށް ހަމަލާދިން ކަމަށެވެ.
"ގޮށްމުއްކަވާފަ ދެފަހަރަށް ބުރަކަށީގައި ޖެހީ. ދެން ހޮޅިބުރިއެއް ނަގައިގެން ޖަހަންވާއިރަށް އެތަނުގައި ތިބި މީހުން އޭނާ ހިފެހެއްޓި،" ނަރީޝް ވިދާޅުވިއެވެ.