ޚަބަރު

ވިލިމާލެ ލޯކަލް މާރުކޭޓުގައި ހުސްވެފައިވާ ގޮޅިތަކަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވިލިމާލެ ލޯކަލް މާރުކޭޓުގައި ހުސްވެފައިވާ ގޮޅިތަކަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by Sosun Fihaara

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައިވާ ވިލިމާލެ ލޯކަލް މާރުކޭޓުން ހުސްވެފައިވާ 05 ގޮޅިއަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ވިލިމާލެ ލޯކަލް މަރުކޭޓް/ ވިލިމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ދެކުނުން 5 ގޮޅިއެވެ. އެއް އަހަރު ދުވަހަށް ދޫކުރާ މި ގޮޅިތައް ދޫކުރަނީ މަހަކު -/1050 ރުފިޔާއަށެވެ.

ތަން ކުއްޔަށް ހިފުމަށް ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއް ކަމުގައިވުން ނުވަތަ އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން, ސަރުކާރުގައި ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން, މާލެ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއް ހިންގާ ފަރާތެއްކަމުގައު ނުވުން ހިމެނެއެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކުން އެއް ފޯމްއަށްވުރެ ގިނަ ފޯމް ހުށަހެޅުމާއި، އެއްގޮޅިއައްވުރެ ގިނަ ގޮޅިގައި ފާހަގަ ޖެހުމާއި އެއްވެސް ގޮޅިއެއްގައި ފާހަގަ ނުޖަހާ ހުރި ނަމަ އެފޯމެއް ބާޠިލް ވާނެ ކަމަށާއި މުކައުންސިލުން މީގެކުރިން ދީފައިވާ އެއްވެސް ޙިދުމަތަކަށް ދައްކަންޖެހޭ ފައިސާއެއް މިހާތަނަށް ނުދައްކާ ހުރި ފަރާތްތަކުގެ ފޯމް ބާޠިލް ވާނެ ކަމަށް އެ އިއުލާންގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!