ޚަބަރު

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ "އިސްރަށްވެހިންގެ ނާދީ" ތަރައްގީ ކުރުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

Ads by Hajj Corporation

އެޗްޑީސީ ސީއެސްއާރުގެ ދަށުން ނާދީ ތަރައްގީ ކުރަނީ ހިޔާގެ އަށްވަނަ ޓަަވަރުގައެވެ. އެތަން ތަރައްގީ ކުރުމަށް ދުރާލާ މަސައްކަތް ފަށައި، މަސައްކަތް ނިމުމަކާއި ގާތްވެފައިވީ ނަމަވެސް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީ އާއި އެޗްޑީސީ އާއި ދެމެދު މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ.

ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި ނާދީ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.

އެޗްޑީސީއިން ބުނީ، އެތަނުގައި އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެއުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ސިއްހީ ބޭނުންތަކާ ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުމުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އެތަން ތަރައްގީކޮށް ނިމުމުން، ތަން ހިންގުމުގެ ކަންކަން ބަލަހައްޓަން ހަމަޖެހިފައިވަނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީއިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!