ދުނިޔެ

އިންޑިއާ-މިޔަންމާ ބޯޑަރު ވަރުގަދަ ކުރަން ބޮޑު ޚަރަދެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިޔަންމާއާ ދެމެދު އޮންނަ 1،610 ކިލޯމީޓަރު (1،000 މޭލު) ގެ ބޯޑަރު ތާރު އެޅުމަށް ގާތްގަނޑަކަށް 3.7 ބިލިއަން ޑޮލަރު ހޭދަކުރުމަށް އިންޑިއާއިން ރާވާފައިވާ ކަމަށް އެ ކަމާ ބެހޭ ސީދާ މައުލޫމާތު ހުރި މަސްދަރަކުން ބުންޏެވެ.

Ads by Sosun Fihaara

އިންޑިއާގެ ވެރިރަށް ނިއު ދިއްލީން މި އަހަރުގެ ކުރީކޮޅު ބުނެފައި ވަނީ، ގައުމީ ސަލާމަތަށްޓަކައި އަދި އެ ގައުމުގެ އިރުއުތުރު ސަރަހައްދުގެ ޑިމޮގްރަފިކް އޮނިގަނޑު ދެމެހެއްޓުމަށްޓަކައި ބަޣާވާތުގެ ޝިކާރައަކަށްވެފައިވާ މިޔަންމާއާ އެކު ޒަމާނުއްސުރެ އޮތް ވިސާ ފްރީ މޫވްމަންޓް ޕޮލިސީ ނިމުމަކަށް ގެންނާނެ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކެބިނެޓުން ފާސްކުރަން ޖެހޭ ތާރު އެޅުމަށް ކުރަންޖެހޭ ހަރަދު ސަރުކާރުގެ ކޮމެޓީއަކުން މި މަހުގެ ކުރީކޮޅު ފާސްކޮށްފައިވާ އިރު، މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ލިބިފައި ނުވާތީ ނަން ހާމަކުރަން ދެކޮޅު ހެދި މީހަކު ބުންޏެވެ.

މިކަމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހާއި ހޯމް، ފިނޭންސް، ފޮރިން އެފެއާޒް އަދި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީގެ ބަހެއް ހޯދުމަށް އީމެއިލް ކުރުމުން ވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އިންޑިއާގެ ތާރު އެޅުމުގެ ޕްލޭނާ ބެހޭ ގޮތުން މިޔަންމާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިޔަންމާގައި 2021 ވަނަ އަހަރު ހިންގި އަސްކަރީ ބަޣާވާތަށްފަހު އެތަނުން އެތައް ހާސް އާންމުންނާއި އެތައް ސަތޭކަ ސިފައިންނެއް ވަނީ އިންޑިއާގެ ސްޓޭޓްތަކަށް ހިޖުރަކޮށްފައެވެ. މިކަމުގެ ސަބަބުން ނިއު ދިއްލީ ކަންބޮޑުވެފައި ވަނީ އިންޑިއާއަށް ކޮމިއުނިޓީ ނުތަނަވަސްކަން ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ.

އިންޑިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި މިޔަންމާއާ ގުޅިފައިވާ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ބޯޑަރު ގެއްލުނު ކަމަށް ވެސް އިންޑިއާ ސަރުކާރުގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން މަނިޕޫރުގައި ދެ ނަސްލެއްގެ މެދުގައި ދާޚިލީ ހަނގުރާމައެއް ފަދަ ހާލަތެއް އުފެދިފައިވާއިރު، އޭގެ ތެރެއިން އެއް ބަޔަކީ މިޔަންމާގެ ޗިން ޓްރައިބާއި ދަރިފަސްކޮޅެވެ.

މީގެ އިތުރުން އިންޑިއާގެ އިސް އޮފިޝަލުންގެ ކޮމެޓީން ވަނީ ފެންސް ކައިރީގައި ޕެރެލަލް ރޯޑްތަކާއި، އަސްކަރީ މަރުކަޒުތައް ބޯޑަރާ ގުޅުވައިދޭ 1،700 ކިލޯމީޓަރު (1،050 މޭލު) ގެ ފީޑާ މަގުތައް ހެދުމަށް ވެސް އެއްބަސްވެފަ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!