ޚަބަރު

ކުނި އުފުލަން މާލޭ ކައުންސިލަށް 15 އުޅަނދު ހޯދަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ކައުންސިލް މުވައްޒަފުންތަކެއް ކުނި ނަގަނީ

މާލެ ސިޓީ ކައުންސިލުގެ ބޭނުންތަކަށް ކުނި އުފުލުމަށް ޑަމްޕް ލޮރީ އާއި ޕިކަޕް ހޯދަން އިއުލާން ކޮށްފިއެވެ.

Ads by STELCO

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހޯދަމުން ދަނީ ދެ ޓަނުގެ ކުނި އުފުލޭ ދެ ޑަމްޕް ލޮރީ އާއި 1.5 ޓަނުގެ ކުނި އުފުލުމުގެ ކެޕޭސިޓީ ހުރި ތިން ލޮރީ ކަމަށެވެ. އަދި 350 ކިލޯ ގްރާމްގެ 10 ޑަމްޕް ކުދި ޕިކަޕް އެވެ.

އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2024 ގެ ހެނދުނު 10:00 ގައި އެ ކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރުމަށް އެދިފައިވެއެވެ.

އަދި އަގު ހުށަހެޅުން 22 އެޕްރީލް 2024 ހަމަ އެގަޑީގައި އޮންނާނެ ކަމަށާއި، އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ސާފުކުރަންދާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުމަށް ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ, ޕްރޮކިއުމަންޓް ސެކްޝަން، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ) އިންނެވެ. ކައުންސިލުގެ ނަންބަރު 3025487 އަށް ގުޅަން އެދިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!