ޚަބަރު

ކޮވިޑް-19: ފަސް ރަށަކުން ރާއްޖެއިން ބޭރަށް ދަތުރުކުރި ބައެއްގެ ޓެސްޓުތައް ހަދަނީ

ރާއްޖެއިން ބޭރަށް ދަތުރުކުރި ބައެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ހުރުމުން ޓެސްޓު ކުރުމަށް ސާމްޕަލް ނަގައިފިއެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ލަންކާއަށް ދަތުރުކޮށްފައިވާ ޅ. ހިންނަވަރު މީހަކާއި ދ. ކުޑަހުވަދޫ އާއި އއ. އުކުޅަހުން އިންޑިއާގެ ޓްރެވެންޑްރަމަށް ދަތުރުކޮށްފައިވާ ދެ މީހަކާއި ރ. ފައިނުން އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައިވާ މީހެއް ވައިރަހުގެ އަލާމާތްތައް ހުރުމުން ސާމަޕަލް ނަގައި ޓެސްޓުކުރަމުންދާ ކަމަށެވެ.

މީގެއިތުރުން މާލޭގައި ހުރި ދެ މީހެއްގެ ވެސް ސާމްޕަލް ނަގައި އެ ދެ މީހުން ވަނީ ގޭގައި އެކަހެރިކޮށްފަ އެވެ. އެތަނުން އެކަކަކީ އިންޑިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ ލަންކާއިން އައި މީހެކެވެ.

"އައިލެންޑް ސަފާރީ"ގެ ދެ ޕޮސިޓީވް ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު އަލާމާތް ހުރި މީހެއްގެ ސާމްޕްލިންގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކަންކަން މިހާރު އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށާއި އެގޮތުން ކިރިޔާ އަލާމާތެއް ހުރި ނަމަވެސް މިހާރު ޓެސްޓު ކުރެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!