ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، މަންޒަރު ދުށް ބަޔަކު ހޯދަނީ

މިހަދު ހަވީރު ހުޅުމާލޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ހަވީރު 04:54 އެހައިކަންހާއިރު ހުޅުމާލެ، ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފަ އެއް ނުވެއެވެ.
އެ އެކްސިޑެންޓުގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ހޯދަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގެ މަންޒަރު ދުށް ނުވަތަ އެ އެކްސިޑެންޓާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހުޅުމާލެ ފޭސް އެކެއްގެ އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.