ޕީއެންއެފްގެ ވަގުތީ ރައީސަކަށް ޒެއިން އިންތިހާބުކޮށްފި
ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒޭން ޔާމީން އިންތިހާބުކޮށްފިއެވެ.
އެ ޕާޓީގެ ވަގުތީ ރައީސަށް ޒެއިން އިންތިހާބުކުރި މިރޭ، ޕީއެންއެފް އުފެއްދުމަށް ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ. ވަގުތީ ރައީސަކަށް ޒެއިން އިންތިހާބުކުރި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 329 މެންބަރުންގެ އިއްތިފާގުންނެވެ.
ޕާޓިގެ ރައީސްގެ އިތުރުން ޓްރެޝަރާ އާއި ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަދި ރެޖިސްޓްރާގެ މަގާމަށްވެސް މީހުން އިންތިހާބު ކޮށްފައިވެއެވެ. އެސްޖީގެ މަގާމަށް އައްޔަންކޮށްފައިވަނީ ޕީއެންފީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ.
އަދި ރެޖިސްޓްރާގެ މަގާމަށް އައްޔަން ކޮށްފައިވަނީ އަލީ ޝިޔާން ނާޝިދެވެ. އަދި ޓްރެޝަރާއެއްގެ މަގާމަށް އައްޔަން ކޮށްފައިވަނީ އަހުމަދު މުސްތަފާ މުހައްމަދެވެ.
ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަން ކޮށްފައެވެ.
ސެނެޓަށް އައްޔަންކުރި މީހުން:
1.އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
2. ޒޭން އަބްދުﷲ
3. މުހައްމަދު މަލީހް ޖަމާލް
4. މުހައްމަދު ޝަވީދު
5. ޑރ. އަބްދުﷲ އިބްރާހީމް
6. ޑރ. މުހައްމަދު ޖަމީލް އަހުމަދު
7. ޑރ. ޖިހާދު ހަސަން
8. ހުސެއިން ވަހީދު
9. އަހުމަދު މުސްތަފާ މުހައްމަދު
10. އަހްމަދު ފަޔާޒް
11. އަލީ ޝިޔާން ނާޝިދު
12. އަބްދުﷲ ހުސެއިން
13. އަދުލީ އިސްމާއިލް
14. އަނީސާ ސައީދު
15. އައިޝަތު ހަފީޒު
16. ފާތިމަތު ރަހުމާ
17. އައިމިނަތު ސައީދާ
18. އަބްދު ﷲ ޝަހީލު ޖަލީލު
19. މުހައްމަދު އަބްދުލް ލަތީފް
20. އަބްދު ﷲ އަހުމަދު (ވޭމޫ)
ޕީއެންއެފް 'ޕީޕަލްސް ނެޝަނަލް ފްރަންޓް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި 'ޕީއެންއެފް' ވެސް ފާސްކޮށްފައިވާއިރު އެ ދެ ނަން ވެސް ފާސްކުރީ ވޯޓްލީ މެމްބަރުންގެ އިއްތިފާގުންނެވެ.
ޕީއެންއެފްގެ ކުލަތަކުގެ ގޮތުގައި އެޕާޓީން ދެ ކުލައެއް ފާސްކުރިއިރު އެއީ މަޑު ފެހި ކުލައާއި ނޫ ކުލަ އެވެ އެ ދެކުލަ ހިމެނޭ ލޯގޯގައި އޮތީ ތަރިއަކާއި ހުޅެވިހަނދެކެވެ.