މާލޭ ގެއެއްގައި އަލިފާން ރޯވެ އަނދަނީ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މީޑީއާތަކަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، މ. ރަބީއުވިލާ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ކަަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ އެ ގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާ މަންޒަރެެވެ.
ރޯވިއަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ.