ޚަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

މާލެއިން މީހަކު ގެއްލިގެން ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

'އެކްސް' ގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ގއ. ދާންދޫ، ނޫވިލާ، ޝަޒިއްޔާ އިބްރާހިމް، (އ44)  އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭޕްރިލް ހޯމަ ދުވަހުގެ 10:55 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ދިރިއުޅެނީ މާލޭގައި ކަމަށާއި، ހަފްތާއެއް ވީއިރު ވެސް އޭނާގެ ފޯނަށް ނުގުޅޭ ކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ޝަޒިއްޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރަން ފުލުހުން އެދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!