ޚަބަރު

އއ. މާޅޮސް މަސްފެކްޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ދެން އެމްވީ ، ދެން އޮންލައިން

އއ. މާޅޮހުގެ މަސްފެކްޓްރީގައި އަލިފާން ރޯވެއްޖެއެވެ.

Ads by MWSC

ފުލުހުން ބުނީ މިއަދު ހެނދުނު މާޅޮހު މަސްފެކްޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކުރި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފެކްޓަރީގައި އަލިފާން ރޯވީ ކިހިނެތް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން ކަމަަށް ފުލުހުން ބުނެއެވެ.

މާޅޮހުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު ގދ. ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ބަޔަކު ރޯކޮށްލި އަލިފާން ނިންވާލިފަހުން އަނެއްކާ އެ ދަޑުގައި ރޯކޮށްލައިގެން ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!