ޚަބަރު

"އާސްކް މުސްތޮ" ސީދާ މުސްތޮ އާ ސުވާލުކޮށްލުމުގެ ފުރުސަތު

މުޙައްމަދު އަރީޙް ، ދެން އޮންލައިން

"އާސްކް މުސްތޮ" ނަމުގައި އޮންލައިން ޕޯޓަލްއެއް ތަޢާރަފްކޮށްފިއެވެ

Ads by MWSC

މި ޕޯޓަލްއަކީ އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ, މުޙައްމަދު މުސްތަފާ އިބްރާޙީމް (އިމްނާ މުސްތޮ)އާ ދާއިރާގެ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް ފޮނުވުމަށް ޚާއްސަ ޕޯޓަލްއެކެވެ.

ޕޯޓަލް ލިންކް

މި ޕޯޓަލް ހުޅުވައިދެއްވީ ރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީނެވެ.

 

ރޭ އޮތް މި ބައްދަލުވުމުގައި ދާއިރާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި ދާއިރާގެ މީހުންގެ. ސުވާލުތަކަށް މުސްތޮ ވަނީ ޖަވާބު ދެއްވާފައެވެ. އޭގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ބައެއް ފަރާތްތަކުން ފޮނުވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!