ޚަބަރު

ކޮވިޑް-19: އެމްޕީއެލްގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު ކުޑަކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމައިފިއެވެ.

Ads by MWSC

އެމްޕީއެލް އިން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ހާލަތު އުވާލަންދަން އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި، ސީނިއާ އެގްޒެކެޓިވުންނާއި، އެޗްއޯޑީންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ކުންފުނީގެ އެއްވެސް އެހެން މުވައްޒަފެއްގެ މުސާރަ އަށް ބަދަލެއް ނާންނާނެ ކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކެބިނެޓުން އިއްޔެ ވަނީ ސަރުކާރުގެ ހުރިހާ ސިޔާސީ މަގާމުތަކެއްގައި ތިބި ފަރާތްތަކުގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މިއަދުގެ ވަގުުތެއްގައި އެ މެމްބަރުންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!