ޚަބަރު

ކޮވިޑް-19: ރާއްޖެއިން ބޭރުން އައި އިތުރު ތިން ދިވެއްސަކު ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ބޭރުން އައި އިތުރު ތިން ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމަޕްލަ ނަގާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ އިތުރު ތިން މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ. އެއީ އައްޑޫ ސިޓީ މަރަދޫގެ ދެ މީހަކާއި ތ. ގުރައިދޫގެ މީހެކެވެ.

އެ ތިން މީހުންގެ ދެ މީހުން ރާއްޖެ އައިސްފައިވަނީ އިންޑިޔާ އިންނެވެ. އަނެއް މީހާ ރާއްޖެ އައިސްފައިވަނީ މެލޭޝިޔާ އިންނެވެ. އޭނާ މެލޭޝިޔާ އިން ރާއްޖެ އައިސްފައިވަނީ އެގައުމުން މީހުން އައުން މަނާކުރުމުގެ ކުރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުން ރާއްޖޭގައި ހަރުދަނާކޮށްފައިވާއިރު، ކިރިޔާވެސް އަލާމާތެއް ފެނިއްޖެނަމަ މިހާރު އެ ބައްޔަށް ޓެސްޓު ކުރަން ވަނީ ނިންމާފައެވެ.

އެގޮތުން ރާއްޖެއިން ބޭރުން އައި އިތުރު ނުވަ ދިވެއްސެއްގެ ސާމްޕަލް މިހާތަނަށް ނެގިފައިވާއިރު، އެ ޓެސްޓުތަކުގެ ނަތީޖާތައް މިރޭ ލިބޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މި ކަމާ ގުޅިގެން ސަރުކާރުން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ބައެއް ގައުމުތަކުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!