ޚަބަރު

ރައީސް، ނައިބު ރައީސް، ވަޒީރުން އަދި މެމްބަރުންގެ މުސާރަ ކުޑަކުރަން ފާސްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށްޓަކައި އަސާސީ މުސާރައަށް 30،000 ރުފިޔާއަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

Ads by Hajj Corporation

އެގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ރައީސް އާއި އަދި ނައިބު ރައީސް އާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރައިގެ 20 ޕަސެންޓް ދެ މަސް ދުވަހަށް އުނި ކުރުމަށް ފާސްކޮށްފައެވެ.

މިގޮތަށް މުސާރަ އުނިކުރުމަށް ފާސްކޮށްފައިވަނީ ވޯޓު ގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އަސާސީ މުސާރައަށް 30،000 ރުފިޔާއަށް ވުރެއް މަތިން ލިބޭ ފަރާތްތަކުގެ މުސާރަ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ ސިޔާސީ ފަރާތްތަކުގެ މުސާރަތައް ކުޑަކުރުމަށް ފާސްކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ވައިރަސްއަށް ޕޮޒިޓިވް 13 މީހަކު މިހާތަނަށް ރާއްޖޭން ފެނުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ހަތަރު ރިސޯޓެއްގައި ތިބި ބިދޭސީންނާއި ޓޫރިސްޓުންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ. މި ކަމާ ގުޅިގެން ސަރުކާރުން ސިއްހީ ކުއްލި ހާލަތު އިއުލާންކޮށް، ޓޫރިސްޓުން އެންމެ ގިނައިން އަންނަ ބައެއް ގައުމުތަކުން ރާއްޖެ އައުން ވަނީ މަނާކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!