ޚަބަރު

ކޮވިޑް19: ވިޔަފާރިން ދެކޮޅު ނުޖެހެންޏާ ސޭވިންގް އިން ނަގައިގެން ނަމަވެސް ހަމަ މުސާރަ ދޭނަން: ސިމްޑީ

ދެން އެމްވީ ، ދެން އޮންލައިން

ކުރިމަތިވެފައިވާ ކޮވިޑް19 އާއި ގުޅިގެން ބައެއް ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ކަނޑަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް ސިމްޑީ ގުރޫޕްގެ އެއްވެސް މުވައްޒަފެއްފެ މުސާރަ އުނި ނުކުރާނެ ކަމަށް އެކުންފުނީގެ ވެރިޔާ އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ސިމްޑީ ގުރޫޕްގެ ވެރިޔާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ނަޒަރުގައި އިދާރާއެއްގައި އެންމެ މުހިންމު ބަޔަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުން ނެތި އިދާރާއެއް ނޯންނާނެ ކަމަށެވެ.

"މުވައްޒަފުންގެ މުސާރަ އުނި ނުކުރުމަށާއި ކަނޑައެޅިފައިވާ ވަގުތަށް ދެމިުން ގެންދިޔުމަށް އަހަރެން މިއަދު ސިމްޑީގެ މެނޭޖްމަންޓަށް އަންގައިފިން" އޮސްޓްރޭލިއާގައި ދިރިއުޅުއްވާ އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެފައި ވެއެވެ.

އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ ވިޔަފާރި ދެކޮޅު ނުޖެހި މުސާރަ ނުދެވޭނަމަ އެމަނިކުފާނުގެ "ސޭވިން" އިން ނަމަވެސް މުވައްޒަފުންނަށް ހަމަ މުސާރަ ދެއްވާނެ ކަމަށާއި މުވައްޒަފުން ކުރާ މަސައްކަތަށް ޓަކައި އެފަރާތްތަކަށް ހާސް ފަށުން ޝުކުރު ދަންނަވާ ކަމަަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތައް ވެސް ހީނަރުވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޓޫރިޒަމްގެ އިސްވާރެެއް ކަމަށްވާ ވިލާ ކުންފުނިން ވަނީ 10 އިންސައްތަ އާއި 50 އިންސައްތައިގެ ދެމެދުގެ އަދަދަކަށް މިުވަޢްޒަފުންގެ މުސާރަ އުނިކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!