އިންޓަރނެޓުގެ މައްސަލައަކާއި ގުޅިގެން މިއަދު އިމިގްރޭޝަންގެ ޚިދުމަތަށް ބުރޫ އަރައިފި

އިންޓަރނެޓުގެ މައްސަލައަކާއި ގުޅިގެން މިއަދު އިމިގްރޭޝަންގެ ޚިދުމަތަށް ބުރޫ އަރާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަން އިން މިއަދު ކުރި ޓުވީޓުގައި، އިންޓަރނެޓުގެ މައްސަލަ ޖެހިފައި ވުމުގެ ސަބަބުން އޮންލައިންކޮށް ޚިދުމަތް ހޯއްދަވާ ބޭފުޅުންނަށް ދިމާވެދާނެ ދަތިތަކަށް އިންތިހާއަށް މަޢާފަށް އެދޭކަމަށެވެ.
ކޮވިޑް އާއި ގުޅިގެން ގިނަ އޮފީސްތަކާއި ކުންފުނި ތަކުން މިހާރު ވަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން އޮންލައިންކޮށް ޚިދުމަތް ހޯދޭނެ ގޮތް ހަމަޖައްސާފައެވެ.