ޚަބަރު

އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކުދިން ތަރުބިއްޔަތު ކުރަންޖެހޭ: ސާޖިދާ

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ކޮންމެ ކުއްޖަކީވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތު ވެގެން އަންނަ ކުދިންނަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ބެލެނިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.

Ads by MWSC

ފަސްޓް ލޭޑީ، އެކަމަށް އިލްތިމާސްކުރެއްވީ ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދަސްވެނިވުނު ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކުރުމުގެ ރަސްމިއްޔާތުގައެވެ.

މިއަދު ހެނދުނު އިސްލާމިކް މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި އެ ޖަލްސާގައިި ސާޖިދާ ވަނީ  ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ހާއްސަ ކުރެހުމެއް އެކަމަނާއަށް އެރުވިއެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވަނީ ދަރިވަރުންނަށް އިތުރަށް ކިޔެވުމަށް ބާރުއަޅުއްވާފައެވެ. އަދި ކުދިންނަށް ކިޔަވައިދިނުމަށް މުދައްރިސުންނާއި، ބެލެނިވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.

އެކަމަނާ ވިދާޅުވީ، ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރަން ވާނެ ކަމަށާއި، ދަރިވަރުން ވީހާވެސް 'ސްކްރީން ޓައިމް' މަދުކުރަން ވާނެ ކަމަށެވެ. އަދި ކުދިންގެ ހިތުގައި ގުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ޗައިމްސް ޕްރީސްކޫލްގައި މިހާރު 117 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!