އިސްލާމިކް މިނިސްޓްރީގެ ނިންމުމަށް ތާއީދު، ގޭގައި ތިއްބަވައިގެން ނަމާދު ކުރައްވާ: ޝަހީމް
ކޮވިޑް-19 އިން ރާއްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މެދު ކަނޑާލުމުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތާއީދު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ އާއި ރިސޯޓުތަކުގައިޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން މެދު ކަނޑަލާން އަންގާފައެވެ.
އެ ނިންމުމަށް ތާއީދުކޮށް ޝަހީމް ކުރެއްވި ޓުވީޓުގައި ވަނީ ގޭގައި ތިބެގެން ނަމާދު ގާއިމު ކުރުމަށާއި ﷲ އަށް ދުއާ ކުރުމަށާއި މި ބަލިމަޑުކަމުން އިސްލާމީ އުއްމަތާއި އިންސާނުން ސަލާމަތް ކުރުމަށް ﷲ ގެ ހަޟުރަތުގައި ދެންނެވުމަށެވެ.
Male sarahadhaai resort thakuga rakkaatherikamuge fiyavalheh ge gothun vaguthee gothun miskiythakuga Jamaai hedhun madu jassaalumah i. Ministry in nimmi nimmumah thaadhu koh, e nimmun dhemehettumah emmehaa lobuvethi rayyithunah ilthimaaskurameve. G
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 18, 2020
އިސްލާމިކް މިނިސްޓްރީން އެގޮތަށް ނިންމިޔަސް މިސްކިތްތަކުގައި ބަންގި ގޮވުން ނުހުއްޓޭނެ ކަމަށް ޝަހީމް ވިދާޅުވިއެެވެ. ބަންގިއަށް ފަހު، ގޭގައި ނަމާދު ކުރަން މިސްކިތުން ގޮވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އާއި ހުރިހާ ރިސޯޓުތަކެއްގައި ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުން ހުއްޓާފައިވާއިރު، އަންނަ ހުކުރު ދުވަހު މާލެ އާއި ވިލިމާލެ އާއި ހުޅުމާލެއާ ރިސޯޓުތަކުގައި ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.