ޚަބަރު

އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުމުން ހުއްޓުވުމަށްޓަކައި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކޮށްފި އެވެ.

Ads by STELCO

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިރޭ 9:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓަކަށް މީހުންނަށް ދަތުރު ނުކުރެވޭނެ ކަމަށެވެ. އެ 10 ދުވަހުގެ މުއްދަތުގައި، ރިސޯޓްތަކުން، މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރު ނުކުރެވޭނެ ކަމަށާއި އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށްވެސް ދަތުރު ކުރުން މަނާވާނެ ކަމަށް އެ އެންގުމުގައި ބުނެފައިވެ އެވެ.

އެހެން ކަމުން މި އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ. އަދި މި އެންގުމާއެކު ކުރިން މިމަހު 14 ވަނަ ދުވަހު ނެރުނު އެންގުން ބާތިލުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި އެންގުމުގައި އިސްތިސްނާވާނެ މީހުންވެސް އެންގުމުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އިސްތިނާވާނެ ކަމށް ބުނެފައިވެ އެވެެ. އަދި އެކަމުގައި އުޅޭ މުވައްޒަފުން ދަތުރުކުރާ ގޮތުގެ މައުލޫމާތު ރިސޯޓުތަކުން ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް އެނގުމުގައި ބުނެ އެވެ.

މީގެ އިތުރުން ރިސޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުގެ ޖެޓީއަށް ފޭބުމުގެ ހުއްދަ ލިބިގެންވާކަމަށް އެންގުމުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މަސައްކަތުގައި އުޅޭ މީހަކު ރިސޯޓަކަށް އެތެރެއަށް ގޮސްފި ނަމަ، އެމީހަކަށް ރިސޯޓުން ފޭބުމުގެ ހުއްދަ ނޯންނާނެއެވެ.

މައިމުނާ އެންގުންތައް އަންގާފައިވަނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖެއަށް ސިއްހި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ގާނޫނުން އޭނާއަށް ލިބިދޭ ބރުގެ ދަށުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!