ޚަބަރު

ޕީއެސްއެމްގެ ފައިނޭންސް ހެޑު ސަސްޕެންޑުކޮށްފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ޕަބްލިކް ސަރވިސް މީޑިއާ އިމާރާތް، ފޮޓޯ: ދެން އިމޭޖަސް

ޕީއެސްއެމްގެ ޑިރެކްޓަރސް ބޯޑުގެ އޮޑިޓް ކޮމިޓީއިން ބަލަމުންދާ ފައިސާގެ މައްސަލައަކާއި ގުޅިގެން އެ މީޑިއާގެ ފައިނޭންސް ހެޑު އަހުމަދު ހަނީފް ސަސްޕެންޑުކޮށްފިއެވެ.

Ads by Sosun Fihaara

މިކަމާއި ގުޅިގެން ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ހަނީފް ސަސްޕެންޑް ކޮށްފައިވަނީ ފައިނޭންސް ޑިޕާޓްމެންޓުން ޕޭމަންޓްތަކާއި ކޭޝްފްލޯ މެނޭޖްކުރުމުގައި ކޯޕަރޭޓް އުސޫލާއި ހިލާފަށް ކަންކަން ގޮސްފައިވާކަން ފާހަގަކުރެވި، އެ މައްސަލައާއި ގުޅިގެން ކަމަށެވެ.

އަދި ޕީއެސްއެމްގެ ޑިރެކްޓަރސް ބޯޑުން ނިންމާފައިވަނީ ވަކި ގޮތަކަށް އެ މައްސަލަ ނިމެންދެން ހަނީފް މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނީފަށް އަންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ކުންފުނިން ކުރުވި މަސައްކަތްތަކެއްގެ ފައިސާ ދޫކުރާށެވެ. އަދި މިހާތަނަށް ފައިސާ ދޫކޮށްފައި ނުވަނީ އިންވޮއިސް އާއި ބިލު ފަދަ ތަކެތި ހަމަނުވެގެންނެވެ. މި މައްސަލައަކީ މިހާރު ކޯޓު މަރުހަލާގައި އޮތް މައްސަލައެކެވެ.

ހަނީފަކީ 2006 ވަނަ އަހަރުން ފެށިގެން ޕީއެސްއެމްގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ. އޭނާ ވަނީ އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!