ޑްރެޖާއެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއެއް މަރުވެއްޖެ
ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖާއެއްގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަރުވެއްޖެއެވެ.
މަރުވެފައިވަނީ 30 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
ފުލުހުން ބުނީ، ޑްރެޖާގައި މަސައްކަތްކުރަމުންދިޔަ ބިދޭސީއަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:38 އެހާ ކަންހާއިރު ކަމަށެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
Ads by Allied Insurance