ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް ފަހު ރައީސްއާ، ފަސްޓް ލޭޑީ އެބުރި މާލެ ވަޑައިގެންފައިވާ ކަމަށެވެ.
ދަތުރުގެ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.
މި އަހަރުގެ މާޗު މަހުވެސް، ރައީސްއާ ފަސްޓް ލޭޑީ ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސިންގަޕޫރްގައި ތިން ދުވަސް ހޭދަކުރެއްވިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހުވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ރައީސް ކުރައްވިއެވެ.