ވިލިމާލެ މަގުމަތީގައި ކުރަހާފައި ހުރި ގްރެފިޓީތައް ފުހެލައިފި

ވިލިމާލޭގެ މަގުމަތީގައި ކުރަހާފައި ހުރި ގްރެފިޓީތައް މާލެ ސިޓީ ކައުންސިލުން ފުހެލައިފި އެވެ.
މާލެ ސަރަަހައްދުގައި މި ގޮތަށް މީހުންގެ އަމިއްލަ އިމާރާތްތަކާއި ދައުލަތުގެ އިމާރާތްތަކުގެ އިތުރުން މިސްކިތްތަކުގައި ވެސް ގްރެފިޓީ ކުރަހާފައި ހުރެ އެވެ. މީގެ ތެރޭގައި މުޖުތަމައާ ނުގުޅޭ ބޭއަދަބީ ނިޝާން ދައްކުވައިދޭ ކުރެހުންތައް ވެސް ހިމެނެ އެވެ.
މިފަދަ އެއްޗެހި ފުހުމުގެ މަސައްކަތް އަބަދުވެސް މާލެ ސިޓީ ކައުންސިލުން، ފުލުހުންނާ ގުޅިގެން ހިންގަ އެވެ. ސިޓީ ކައުންސިލުން މި ފަހަރު ފުހެން ޖެހުނީ ވިލިމާލޭގެ މަގުމަތީގައި ކުރަހާފައި ހުރި ގްރެފިޓީތަކެކެވެ. ސިޓީ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުން އޭގެ ފޮޓޯތައް ޕޯސްޓް ކުރި އެވެ.
މީގެ އިތުރުން މާލޭގެ ސްވިމިން ޓްރެކް ސަރަހައްދުގައި ހުރި މޫދަށް ދެވޭ ގޮތަށް ހުންނަ ސްލައިޑްގައި ބަޔަކު ސްޕްރޭއަކުން ގްރެފިޓީ ކުރަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ މައްސަލަ ބަލާނެ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެ، އެކްސްގެ ޕޯސްޓަކަށް ޖަވާބު ދެއްވި އެވެ.
ރަތްކުލައިން ސްޕްރޭ ކޮށްފަހުރި އަކުރުތަކުގެ މަތީގައި ހަމަ އެއަކުރުތަށް ހުރިގޮތަށް ކަޅު ދަވާދުލީމަ ގްރެފިޓީތައް ފުހެވޭބާ ؟