ޑްރަގް މައްސަލަތަކެއްގެ ތަހުގީގަށް، ފުލުހުން ދެ މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފުލުހުންގެ ތަހުގީގަށް ހޯދާ ދެ މީހަކު އަދިވެސް ނުފެންނާތީ، ފޮޓޯއާއި ވަނަވަރާއެކު ފުލުހުންގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.
ފުލުހުން ހޯދަނީ ލ. ގަން މުކުރިމަގު، ޑޭޑުރޫމް، އަލީ އާނިމް (24 އަހަރު) އަދި ހއ. ބާރަށް، ބްލޫނައިޓް، އިބްރާހިމް ރަޝީދު (36 އަހަރު) އެވެ.
ފުލުހުންގެ ތަހުގީގަށް ވަކި މީހަކު ހާޒިރުކުރަން ބޭނުންވެގެން، ދިރިއުޅޭ ތަނެއް ނޭނގިގެން ޗިޓު ރައްދު ނުކޮށްދެވޭ ހާލަތުގައި ފޮޓޯއާއި ވަަނަވަރުު އާންމުކޮށް ހާޒިރުވާން އެންގުމަކީ ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރެކެވެ.
މިއިން އިބްރާހިމް ރަޝީދު ހޯދަނީ ހުޅުމާލެ ފޭސް 1، ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށެވެ.
އަލީ އާނިމް ހޯދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށެވެ.
ކީއްކުރަން ހޯދަނީ. ތި ކަމުން ވާ ކަމެއް ހަރާމް. ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގައިގެން ޕްރޮޓެކްޓޭ ކިޔާ ކުރެވޭ ކަމެއްނެތް. ވައްކަން ހަބޭސް. ފޭރުން ހަބޭސް، ސަލާމަތެއް ރައްކާތެރިކަމެއްނެތް. ތާ އަބަދު ބިރުވެރިކަންމަތީ. ޑްރަގު ތީ ސަރުކާރުން ކުޅޭ ގޭމެއް. މިހެން މިބުނީ ޑްރަގް ލޯޑުން މި ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވަކި ހިތްޕާލާފާ އޮތްވަރުން. މީ ސީދާ ގެންްގް ސްޓާޜުންނާ ބަންގާޅިންގެ ސްޓޭޓެއް. ދިވެހި ގައުމެއްނެތް.