Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ކަަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ), އިން ބުނެފި އެވެ. ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ ފަޅުމަތީ މަގު، ބޮޑުތަކުރުފާނު މަގު، މާނިފާ ހިނގުން، ކޮއިމަލާ ހިނގުން، އަމީނީ ގޯޅި، ރެހެނދި ހިނގުން، ތަނޑިރަތްމާ ގޯޅި އަދި ރަށްދެބައި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ސަރަހައްދުތަކުގެ އިތުރުން މައްޗަންގޮޅި ދިލްބަހާރު މަގު، ކުދީނާ ގޯޅި، ކުދިރަތްމާ ގޯޅި، ދިލްބަހާރު ގޯޅި، ދިލްބަހާރުމަގު ހަނި ގޯޅި، ކުރިކީލަ މަގު، ޗާންދަނީ މަގު، އަދި ދެވިނަ މަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 ން 11:30 ށް ކަރަންޓު ކެނޑުން އެކަސީގެން ވާކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ. މާލޭގެ މި ދެ ސަރަހައްދުގެ އިތުރުން ހުޅުމާލޭގެ ފްލެޓް 62 ން 82 ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 ން 16:00 ށް ކަރަންޓު ކެނޑުން އެކަށީގެން ވާކަމަށްވެސް ސްޓެލްކޯގެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ. އެހެން ކަމުން މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.
ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސަރަހައްދުން ދޭތެެރެ ދޭތެރެއިން އަންނަނީ ކަރަންޓު ކަނޑަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް