ޚަބަރު

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރިޕޯޓުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުޑަކުދިންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން/ ފޮޓޯ: ސަން

13 އަހަރުގެ އަންހެން ކުއްޖަކަށް ގޯނާކުރި މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފި އެވެ.

Ads by MWSC

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ނޯތު ޕޮލިސް ޑިވިޒަނަށެވެ.

ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނެނީ ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، އަދި ޅ. އަތޮޅުގެ ރަށްތަކެވެ.

ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ ތަފުސީލު ދިނުމަކީ ގާނޫނުގައި މަނާ ކަމެކެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ އިރު އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!