ގެސްޓްހައުސެއްގައި ނޭޕާލް މީހަކު ބަންދުކޮށްގެން ގެންގުޅެނިކޮށް ހޯދައިފި

ގެސްޓް ހައުސެއްގައި ނޭޕާލް ފިރިހެނަކު ބަންދުކޮށްގެން ގެންގުޅެނިކޮށް، ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ބަންދުކޮށްގެން ގެންގުޅެފައިވަނީ، ވެރިރަށް މާލޭގެ މާފަންނުގައި ހުރި ގެސްޓް ހައުސެއްގަ އެވެ. ފުލުހުން މިހާރު އެ މީހާ ސަލާމަތްކޮށްފައިވާ އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރަނީ ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ފުލުހުންގެ ހިދުމަތުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.