ދުނިޔެ

ޗައިނާގެ މުދަލުން ނަގާ ޓެރިފްގައި އީޔޫއިން އެމެރިކާއަށް ތަބާވާންޖެހޭ: އިޓަލީގެ މިނިސްޓަރު

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޗައިނާގެ އުފެއްދުންތަކުން ޓެރިފް ނަގައި، އެމެރިކާގެ ސިނާއަތް ހިމާޔަތް ކުރަން ޖެހޭ ކަމަށް އިޓަލީގެ އިންޑަސްޓްރީ މިނިސްޓަރު އެޑޮލްފޯ އުރްސޯ ވިދާޅުވެއްޖެ އެވެ.

Ads by WAMCO

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބެޓެރީ އާއި ކޮމްޕިއުޓާ ޗިޕްސް އަދި މެޑިކަލް ޕްރޮޑަކްޓްސް ފަދަ ޗައިނާ އިން އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރަން މި މަހު އިއުލާނު ކުރައްވައިފަ އެވެ.

ބައިޑަން، ރިޕަބްލިކަން ޕާޓީގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ޓެރިފްތައް ހިފަހައްޓަވާނެ ކަމަށާއި، އޭގެ ތެރޭގައި އިލެކްޓްރިކް އުޅަނދުތަކުން ނަގާ ޑިއުޓީ 100 އިންސައްތައަށް ހަތަރު ގުނަ އިތުރުކޮށް، ސެމިކޮންޑަކްޓަރ ޓެރިފްގެ ޑިއުޓީ 50 އިންސައްތައަށް ދެގުނަ ކުރުން ހިމެނެއެވެ.

ބިޒްނަސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކަނާތު ފިޔައިގެ ޕާޓީ ބްރަދާސް އޮފް އިޓަލީގެ މެމްބަރު އުރްސޯ ވިދާޅުވި ގޮތުގައި ޔޫރަޕްގެ ސިނާއަތް ނައްތާލަން ބޭނުން ނުވާނަމަ ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް މާ ބޮޑު ޓެރިފްތަކެއް ނަގަން ޖެހެ އެވެ.

ވަކިން ހާއްސަކޮށް އޮޓޯމޯޓިވް ދާއިރާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އުރްސޯ ވިދާޅުވީ އެމެރިކާގެ ޓެރިފް ތައް ބޮޑުތަނުން ބޮޑުކުރުމުން ޗައިނާއިން ޔޫރަޕާ ދިމާލަށް އެކްސްޕޯޓް ކުރާ މިންވަރު ކުރިއަށް ގެންގޮސް، ބްލޮކްގެ ސިނާއަތަށް ގެއްލުން ވެދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!