ޚަބަރު

މާލެ މިސްކިތްތައް ސާފުކުރަން އިތުރު ދިވެހިން ހޯދަން އިއުލާންކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މާލެ މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތް ހަމައެކަނި ދިވެހިންނަށް ހަވާލުކުރާ ގޮތަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމުގެ ދަށުން އެ މަސައްކަތަށް އިތުރު ދިވެހިން ހޯދަން އިއުލާންކޮށްފި އެވެ.

Ads by MWSC

މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާން ކުރީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރާނެ 13 ފިރިހެން މީހަކު ހޯދުމަށެވެ.

ކައުންސިލް އެސިސްޓެންޓްގެ ގޮތުގައި ނަގާ އެ ވަޒީފަތަކުގެ އަސާސީ މުސާރައަކީ 5،000 ރ. އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރ. ހިމެނެ އެވެ. އިތުރު ގަޑި މަސައްކަތް ކުރާނަމަ އިތުރަށް 3،500 ރ. އަދި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރ. ދޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ތަކެތި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ހަވަނަ ދުވަހު މެންދުރު 2:00 އަށެވެ. ކައުންސިލް އިދާރާގެ ހ. ހުޅުގަލި އޮފީހުގެ ތިންވަނަ ފަންގިފިލާއަށް އޭގެ ކުރިން ޝައުގުވެރިކަން ހުރި މީހުން ފޯމު ހުށަހަޅަން އެދިފައިވެ އެވެ.

ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ 34 މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތުގައި ބިދޭސީންގެ ބަދަލުގައި ދިވެހިން އެކަނި މަސައްކަތް ކުރުމަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ސިޓީ ކައުންސިލުން ބަލަހައްޓަމުން ގެންދަނީ ހުޅުމާލޭގެ 10 މިސްކިތް، މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!