މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި ދިވެއްސަކު ހައްޔަރުކޮށްފި

މަގުމަތީގައި ޖިންސީ ގުނަވަން ދެއްކި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މިމައްސަލައިގައި ހައްޔަރު ކުރީ ނ. ވެލިދޫ، މިރިހިމާގެ ހާމިދު އަބްދުﷲ (39އ) ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ ހެންވޭރުގައި ހުންނަ ބަސް ހުއްޓި ސަރަހައްދުގައި ހުރެ ޖިންސީ ގުނަވަން ދެއްކިކަމުގެ ތުހުމަތުގަ އެވެ. އޭރު އެތަނުގައި އަންހެނުންނާއި ކުޑަކުދިންވެސް ތިބިކަމަށް ވެއެވެ.
ޖިންސީ ގުނަވަން ދެއްކި ނަމަވެސް ހާމިދު އަބްދުﷲ ހައްޔަރު ކުރީ މާރާމާރީ ހިންގުމުގެ ތުހުމަތުގައާއިވެސް އެކީ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުން އެމީހާ ހައްޔަރު ކުރަން ދެ ފުލުހަކު މަސައްކަތް ކުރި އެވެ. އަދި އެވަގުތު އެމީހާ ފުލުހުންނަށް ހަމަލާ ދީ މާރާމާރީ ހިންގި އެވެ.
މިމައްސަލައިގައި އެމީހާ 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
ހާމިދު އަބްދުﷲ އަކީ މީގެ ކުރިން ވައްކަމުގެ މައްސަލައެއްގައިވެސް ދައުވާ ކޮށްފައިވާ މީހެކެވެ.