ޔޫރޯއަށް ދިވެހި ލަވައެއް ތައްޔާރުކޮށްދޭނެ ބަޔަކު ޕީއެސްއެމުން ހޯދަނީ

ޖޫން 15 ވަނަ ދުވަހު ފަށާ ޔޫރަޕް ގައުމުތަކުގެ ފުޓުބޯޅަ މުބާރާތް، ޔޫރޯއަށް ދިވެހި ލަވައެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިއުލާންކޮށްފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ނެރުނު އިއުލާނެއްގައި ބުނީ ލަވަ ތައްޔާރުކޮށްދޭ ފަރާތުން، ލަވައިގެ ޅެން އަދި ކަނޑި ތައްޔާރު ކޮށްދޭން ޖެހޭނެ އެވެ. އަދި ލަވައިގެ މިއުޒިން ރެކޯޑިން، މިކްސިން އަދި މާސްޓަރިން ވެސް ނިންމަން ޖެހެ އެވެ.
އެ މަސައްކަތްކޮށްދިނުމަށް ސައުގުވެރިޔާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ޖެހުމުގެ ކުރިން ދީފައިވާ މެއިލަށް އަގާއި މަސައްކަތް ނިންމޭނެ މުއްދަތު އެނގޭނެ ގޮތަށް ކޯޓޭޝަން ފޮނުވަން އެދެމެވެ.