ޚަބަރު

މިޔަރެއްގެ ހަމަލާއިން ޒަހަމްވި ޒުވާން ސިފައިންގެ މީހަކު ނިޔާވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މިޔަރުގެ ހަމަލާއިން ޒަހަމްވެ ނިޔާވި ޒުވާނާ، ޒައިދާން - ފޮޓޯ: އެމްއެންޑީއެފް

މިޔަރެއްގެ ހަމަލާއިން ޒަހަމްވި ޒުވާން ސިފައިންގެ މީހަކު ނިޔާވެއްޖެ އެވެ.

Ads by Hajj Corporation

މި ކަން ދިމާވީ ލ. ކައްދޫގައި ކުރިއަށް ދިޔަ އެމްއެންޑީއެފް ޓްރެއިނިނެއްގެ ތެރެއިން އެ ޒުވާނާ މޫދަށް އެރި އުޅެނިކޮށެވެ.

އެއީ ރ. އުނގޫފާރަށް ނިސްބަތްވާ މުހައްމަދު ޒައިދާން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާގެ އުމުރުން 23 އަހަރެވެ.

ހަށިގަނޑުގެ ބޮޑު ބައެއް ޒަހަމްވި ކަމަށް މައުލޫމާތު ލިބެ އެވެ.

އޭނާ ނިޔާވީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ ރޭގަނޑު 8:40 ހާއިރު ކަމަށް ހޮސްޕިޓަލް ޑިރެކްޓަރު އަބްދުއްހަންނާން އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ މިޔަރެއް އޭނާއަށް ހަމަލާ ދިނީ ލ. މާވަށް ކައިރީ މޫދުގައި ސިފައިންގެ ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!