ޕާކިސްތާނުން މަރުހަބާ ކީ ޓްވިޓަރ އިން
ނަރެންދުރަ މޯދީ ތިންވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވިތާ އެއް ދުވަސް ފަހުން އިންޑިއާ އާއި ޕާކިސްތާނުގެ ލީޑަރުން ވަނީ އެކްސް މެދުވެރިކޮށް ޑިޕްލޮމެސީއަށް ވަޑައިގެންފަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ބޮޑުބޭބެ އަދި ކުރީގެ ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް ވަނީ އެކަކު އަނެކަކަށް އެތައް ގަޑިއިރެއްގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓުތަކުގައި މޯދީއަށް މަރުހަބާ ދަންނަވާފަ އެވެ.
"ދާދި ފަހުން ބޭއްވި އިންތިހާބުތަކުގައި ތިޔަ ބޭފުޅުންގެ ޕާޓީއަށް ލިބުނު ކާމިޔާބީން ދައްކުވައިދެނީ ތިޔަ ބޭފުޅުންގެ ލީޑާޝިޕަށް ރައްޔިތުން ކުރާ އިތުބާރު. ނަފްރަތުގެ ބަދަލުގައި އުއްމީދަކަށް ބަދަލުކޮށް، ދެކުނު އޭޝިއާގެ ދެ ބިލިއަން ރައްޔިތުންގެ ނަސީބު ބައްޓަން ކުރުމުގެ ފުރުސަތުގެ ބޭނުން ހިފާށޭ،" ނަވާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
އެކަމަށް ރައްދު ދެއްވަމުން މޯދީ ވިދާޅުވީ އިންޑިއާގެ ރައްޔިތުން ނަކީ އަބަދުވެސް ސުލްހައާއި ސަލާމަތާއި ޕްރޮގްރެސިވް ވިސްނުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކުރިއެރުވުމަކީ އަބަދުވެސް އަޅުގަނޑުމެން އިސްކަންދޭނެ ކަމެއް."
ރެކޯޑް އަދަދަކަށް ތިން ވަނަ ދައުރެއް ހޯއްދެވި ނަމަވެސް ސީދާ އަޣުލަބިއްޔަތު ގެއްލުނު މޯދީ އަކީ ކޯލިޝަންގެ ފުރަތަމަ ސަރުކާރަށް ތާއީދު ހޯދުމަށް ސަރަހައްދީ ޕާޓީތަކަށް ބަރޯސާވެފައިވާ ބޭފުޅެކެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ވާދަވެރިންނާއި އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުން މިހާތަނަށް ތިން ހަނގުރާމައެއް ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމާލިޔާގެ ދެބަސްވެފައިވާ ކަޝްމީރު ސަރަހައްދުގެ ކޮންޓްރޯލްގެ މައްސަލާގައި ދެ ހަނގުރާމައެއް ހިމެނެ އެވެ.
އިންޑިއާއިން 2019 ވަނަ އަހަރު ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓްގެ ހާއްސަ ދަރަޖަ ނިމުމަކަށް ގެނެސް، ފެޑެރަލް ކޮށް ހިންގާ ދެ ސަރަހައްދަކަށް ބަހާލި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
އެމީހުން އަނެއްކާވެސް ހަނގުރާމައަކާ ގާތްވީ އިންޑިއާއިން ޕާކިސްތާނުގެ އެތެރޭގައި ވައިގެ ހަމަލާތައް ދޭން ފެށުމުން، ހަނގުރާމަވެރިންގެ ހިމާޔަތެއް ކަމަށް ބުނެ އެވެ.
އާދީއްތަ ދުވަހު ނިއު ދިއްލީގައި ހުންނަ ރާޝްތުރަޕަތީ ބަވަން ނުވަތަ ރައީސްގެ ގަނޑުވަރުގައި ބާއްވާ ބޮޑު ރަސްމިއްޔާތަށް ސަރަހައްދީ ހަތް ގައުމެއްގެ ލީޑަރުންނަށް ނިއު ދިއްލީން ދައުވަތު ދިން ނަމަވެސް ޝަރީފް ހިމެނިވަޑައެއް ނުގަންނަވަ އެވެ.