ޚަބަރު

ރާއްޖެއިން ފަލަސްތީނަށް ދޭ އެހީ 10 ގުނަ އަށް އިތުރުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު ޒަމީރު ވިދާޅުވީ ފައިސާގެ އަދަދު އިތުރުކުރަން ނިންމާފައިވާ ކަމަށް

ރާއްޖެއިން ފަލަސްތީނަށް ފައިސާގެ އެހީގެ ގޮތުގައި ދެވޭ އަދަދަ އިތުރުކުރަން ސަރުކާރުން ނިންމައިފި އެވެ.

Ads by Sosun Fihaara

އެކަން ހާމަކުރީ ފަލަސްތީނަށް އެހީވުމަށް ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން އިންތިޒާމްކޮށްގެން މިއަދު ފެށި 'ފަލަސްތީނާ އެކު ދިވެހިން' ޓެލެތޯން ފައްޓަވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެވެ.

ޒަމީރު ވިދާޅުވީ، ފަލަސްތީނަށް އެހީވެ ދިނުމުގެ ގޮތުން ލިބޭ ފައިސާ ހަވާލުުރަނީ ޔުނައިޓެޑް ނޭޝަންސް ރިލީފްްސް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްތީން ރެފިއުޖީސް (އަންރާ) އާ ކަމަށެވެ. އަންރާ އަކީ 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދު ވެފައިވާ އދ.ގެ ގޮތްޕެކެވެ.

ޒަމީރު ވިދަޅުވީ ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ދައުލަތުން ރަމްޒީ އެހީގެ ގޮތުގައި ފަލަސްތީނަށް 5000 އެމެރިކާ ޑޮލަރު ދެމުންދާ ކަމަށެވެ. ނަމަވެސް އެ އަދަދު 10 ގުނަ އަށް އިތުރުކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އިތުރަށް އެހީވެ ދިނުމުގެ ގޮތުން ރައީސް ވަނީ މި އަހަރު މި ފަންޑަށް ދައުލަތުގެ ފަރާތުން 50،000 ޑޮލަރު، އެއީ ކުރިން ދެމުން އައި އަދަދުގެ 10 ގުނަ ހަދިޔާކުރާ ގޮތަށް ނިންމަވާފައި" ޒަމީރު ވިދާޅުވި އެވެ.

Ads by Allied Insurance
  1. އަލިބެ.

    50000 ޑޮލަރަކީ ސަރުކާރުގެ ވެރިއަކު ކައިރި ގައުމަކަށް ކުރާ ދަތުރެއްގެ ފަސްޓްކްލާސް ޓިކެޓަކަށްވެސް ޚަރަދުކުރާ ވަރަށްވުރެވެސް މަދު ޢަދަދެއް. މާމޮޅުވެގެން ކިޔާ ވަރު ޢަދަދެއްޏުން ތީ!