ޚަބަރު

ކޮވިޑް-19: ޖެކް މާ ރާއްޖެއަށް ވެސް އެހީ ވަނީ

ދެން އެމްވީ ، ދެން އޮންލައިން

އޭޝިއާގެ އެންމެ މުއްސަނދި މީހާ، ޖެކް މާ ރާއްޖެއަށް ވެސް އެހީވާނެ ކަން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 އާ ގުޅިގެން ޖެކް މާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމަޖެންސީ ސަޕްލައިގެ ގޮތުން އޭޝިއާގެ ބައެއް ގައުމުތައް ކަމަށް ވާ އަފްގާނިސްތާން، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، ދިވެހިރާއްޖެ، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ އަށް ތަކެތި ހަދިޔާ ކުރާނެ ކަމަށެވެ.

އެތަކެތީގެ ތެރޭގައި 1.8 މިލިއަން މާސްކާއި 210،000 ޓެސްޓް ކިޓާއި 36،000 ޕްރޮޓެކްޓެކްޓިވް ސޫޓުގެ އިތުރުން ވެންޓިލޭޓާ އަދި ތާމޯމީޓާ ހިމެނޭކަމަށް ޖެކް މާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ތަކެތި ގައުމުތަކަށް އަވަހަށް ފޯރުކޮށްދިނުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. އެހެންނަމަވެސް އެތަކެތި ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޖެކް މާ ވަނީ ދެއްވާފައެވެ.

ޖެކްމާ ވަނީ ދާދިފަހުން އެމެރިކާއަށް ވެސް 500،000 ޓެސްޓް ކިޓާއި 1 މިލިއަން ފޭސް މާކްސް ހަދިޔާކުރަން ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!