ޚަބަރު

ޑޯލީ ޗައިވާލާ ރާއްޖޭގެ ބީޗުގައި ސައިހަދާ ވީޑިއޯއަށް ބޮޑު ތަރުހީބެއް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

އިންޑިއާގެ ސައި ވިއްކުންތެރިޔާ ޑޯލީ ޗައިވާލާ ރާއްޖޭގެ ރިސޯޓެއްގައި ސައިހަދާ މަންޒަރު ފެންނަ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

Ads by Sosun Fihaara

ބިލް ގޭޓްސްއާ ބައްދަލުކޮށް މަޝްހޫރުކަމެއް ހޯދި ޑޯލީ، ރާއްޖެ އައީ މިއަހަރުގެ މާޗް މަހުގެ ފަހުކޮޅު އެވެ. އޭނާ ޒިޔާރާތްކުރީ މާލެ އަތޮޅުގެ އަދާރަން ހުދުރަންފުއްޓަށް، އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިންގެ ދައުވަތަކަށެވެ.

އޭގެ މަސްދުވަސް ފަހުން ޑޯލީ ވަނީ އޭނާގެ އިންސްޓަގްރާމަށް ރާާއްޖެ އައިސް ނަގާފައިވާ ވީޑިއޯއެއް  ދޫކޮށްލާފަ އެވެ. އެ ވީޑިއޯގައި ފެންނަނީ ޑޯލީ، ރިސޯޓުގެ އަތިރިމަތީގައި ހުރެ ގެސްޓުންތަކަކަށް ސައި ހަދާ މަންޒަރެވެ.

އިރުއޮއްސޭ ގަޑީގެ ހިތްގައިމު މަންޒަރުތައް ފެންނަ މި ވީޑިއޯ ދޫކޮށްލިތާ އެއް ދުވަސް ތެރޭ ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ލައިކް ކޮށްފަ އެވެ. އަދި މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ޝެއާވެސް ކޮށްފަ އެވެ.

ޑޯލީ ރާއްޖެއަށް ކުރި ދަތުރަަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އޭނާގެ މި ދަތުރު އިންޑިއާގެ މީޑިއާތަކުގެ ފަލަ ސުރުހީއަށް ވެސް އެރިއެވެ،

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!