ލައިސެންސް ނެތި ދުއްވި އިތުރު އުޅަނދެއް ޓޯކޮށްފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވި އުޅަނދެއް މިއަދު ޓޯކޮށްފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓު ލައިޓު ކައިރިން މިއަދު ދަތުރުކުރި އުޅަނދެއް ހުއްޓުވައި ޗެކްކުރިއިރު ލައިސެންސް ނެތި ދުއްވި ކަމަށް ފާހަގަކުރެވުނު ކަމަށެވެ.
އެހެންވެ އެ އުޅަނދު މިހާރު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ގެންދަނީ ހުއްދަނެތި ނުވަތަ ގަވާއިދާ ހިލާފަށް ދުއްވަމުންދާ އުޅަނދުތައް ހޯދައި ޓޯކުރަމުން ނެވެ. އެގޮތުން ގަވާއިދާ ހިލާފަށް ބިދޭސީންތަކެއް އަރުވައިގެން ދުއްވި އުޅަނދެއް މި ހަފްތާ ތެރޭގައި ވަނީ ޓޯކޮށްފަ އެވެ. އިއްޔެވެސް ހުއްދަނެތި ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް ދަތުރުކުރި އުޅަނދެއް ހުއްޓުވައި ޓޯކުރި އެވެ.